ރިސޯރޓު ވަޒީފާ

ރިސޯޓުގައި ވަޒީފާއަދާކުރުމަކީ އަޅުގަނޑަށްކުރެވިފައިވާ ވަރަށްވެސް ތަފާތު ތަޖުރިބާއެކެވެ. އެއީވަރަށްވެސް ހިތްގައިމު
ވަރަށްވެސް އުފާވެރިކަމާއެކުއަދާކުރެވޭ ވަޒީފާއެކެވެ. ޢާއިލާއާއި ދުރުގައިހުންނަންޖެހުނުކަމުގައިވީނަމަވެސް ފަސޭހަކަމާއެކު އަދާކޮށްލެވޭ އަދި މާބޮޑުޚަރަދުތަކެއް ކުރަންނުޖެހޭތީވެ ފުދޭވަރަކަށް ފައިސާވެސް ރައްކާކުރެވޭ ވަޒީފާއެކެވެ. ހަމައެކަނި ކޮށްލަންއޮންނަޚަރަދަކީ ސާފުޠާޙިރު ކަންމަތީހުރުމަށްޓަކައި ގަނެލަންޖެހޭ މަދުބައެއްތަކެތިކަމަށްވުމާއިއެކު ޢާއިލާއަށް ޚަރަދުކޮށްފަވެސް ފުދޭވަރަކަށްގިނަ ފައިސާ ބެންކުގައިރައްކާކޮށްފައި ބެހެއްޓެއެވެ


ރިސޯޓުގައި އުޅޭއިރު އެއީ ރިސެޕުސަނިސްޓެއްގެވަޒީފާއެއް ކަމުގައިވީނަމަވެސް ރޫމްބޯއީއެއްގެވަޒީފާއެއްނަމަވެސް ވެއިޓަ
ރެއްގެވަޒީފާއެއްނަމަވެސް އަޅުގަނޑުދުވަހުގެ މަސައްކަތްފަށަނީ ފަތިހުހޭލައި ފަތިސްނަމާދުކޮށްގެންނެވެ. އެއަށްފަހު ސުޓާފުންނަށްހުއްދައޮންނަ ދިމާލެއްގައި އަތިރިމަތީމަޑުކޮށްލައިގެންއިނުމަށްފަހު 6:30 ގައި ކެންޓީނުހުޅުވާގަޑިޖެހުމުން ދެންހެނދުނުސައިބުއިމަށްޓައި ދަނީކެންޓީނަށެވެ. އެތަނުގައި ދިވެހީންގެހެނދުނު ސައިގެބާވަތްތައްކަމުގައިވާ ރޮށްޓާއިރިހަ އަދިމަސްހުންޔާއި މިނޫންވެސް ގިނަބާވަތްތައް ލިބެންހުރެއެވެ. އަދި އިންގުލިޝް ބުރެކުފާސްޓުތެރޭގައިހިމެނޭ ތަފާތުވައްތަރުގެ ކޯންފުލެކުސްއާއި ސޮސެޖާއި ޓޯސްޓާއި ފުރައިޑު ބުރެޑުކަހަލައެއްޗެހި ލިބެންހުރެއެވެ.
ސައިބޮއެގެންދެންދަނީ ކޮޓަރިއަށެވެ. ކޮޓަރިއަކީ އަޅުގަނޑާއިއެކު އިތުރުތިންމީހުންތިބޭގޮތައް ހަމަޖައްސާފައިހުންނަތަނެކެވެ. ކޮޓަރިއަށްގޮސްކުޑަކޮށްރީތިވެލައިގެން ޔުނިފޯމްލައިގެންދަނީ މަސައްކަތްކުރުމަށް ހަމަޖެހިފައިވާތަނަށެވެ. އަޅުގަނޑުވަޒީފާގެ މަސައްކަތްތައްކުރަނީ ވަރަށްވެސްއިހުތިރާމާއިއެކު ގަޔާވެގެންނެވެ. ދިހަގަޑިޖެހުން ކެންޓީނަށްގޮސް ކޮފީ ނޫނީ ޖޫހާއި ޑޯނަޓުސް އަދި ކުރެސެންޓު ކަހަލައެއްޗެހިވެސް ކަމެވެ. ދެންއަނެއްކާވެސް މެންދުރުކާގަޑިޖެހެންދެން ވަޒީފާގެ މަސައްކަތްތައްކުރުމަށްފަހު ކާގަޑިޖެހުމުން މެންދުރުކެއުމަށްޓަކައި ކެންޓީނަށްދަނީއެވެ. އެތަނުގައި ހަފުތާގެކޮންމެދުވަހަކަށް ވަކިބާވަތެއްގެ ކާނާލިބެންހުރެއެވެ.ކެއުމަށްފަހުކޮޓަރިއަށްގޮސް ތާޒާވެލައިގެންމިސްކިތައްގޮސް މެންދުރުނަމާދުކޮށްލައިގެން ދެންއަނެއްކާވެސް މަސައްކަތައްދަނީއެވެ. ބައެއްދުވަސްދުވަހު މަސައްކަތްނިންމަނީ އިރުއޮއްސި ހައެއްޖަހާއިރުއެވެ. އަނެއްބައިދުވަސްދުވަހު ތިނެއްޖަހާއިރު ބުރޭކެއްނެގުމަށްފަހު ރޫމަށްގޮސް ތިންގަޑިއިރުއަރާމުކުރުމަށްފަހު 6:30 ގައި ކެންޓީނަށްގޮސް ރޭގަނޑުކެއުމަށްފަހު ދެންއަނެއްކާވެސް މަސައްކަތުގޮސް މަސައްކަތްކުރުމަށްފަހު މަސައްކަތްނިންމާލަނީ ރޭގަނޑު 11 ޖަހާއިރުއެވެ. މިގޮތައް ވަޒީފާމަސައްކަތް ކުރިއަށްގެންދާއިރު ޢަސްރުނަމާދާއި މަޣްރިބުނަމާދާއި ޢިޝާނަމާދު އޭގެވަގުތުގައިކުރަމެވެ. ބައެއްރޭރޭ 9 ޖަހާކަންހާއިރު ކެންޓީނަށް ކޮފީއަކަށްދަމެވެ. މިއީއަޅުގަނޑު ރިސޯޓުގައިވަޒީފާއަދާކުރާއިރު ދުވަސްފާއިތުވެގެންދާގޮތެވެ


އަޅުގަނޑު ރިސޯޓުގައި ހަފުތާގެ ހަތްދުވަހުމަސައްކަތް ކުރަމެވެ. އީދާ ޙައްޖުކަހަލަ ބަންދުދުވަހުވެސް ޗުއްޓީއެއްނުނަގައި
މަސައްކަތްކުރަމެވެ. ނަމަވެސް ކޮންމެ ޢީދުދުވަހަކު މެންދުރުފަހު ރިސޯރޓު މެނޭޖުމަންޓުން ކައިރިރަށަކަށް ދަތުރެއް ރާވައެވެ. މިދަތުރުގައިދާންބޭނުން ކޮންމެމީހަކަށް ދެވޭގޮތަށްއޮންނާތީ މިދަތުރުގައި އަޅުގަނޑުވެސް ބައިވެރިވަމެވެ. މިދަތުރުތަކަކީ ވަރަށްވެސްހިތްހަމަޖެހޭ އަދިއޭގެ ސަބަބުންދަތުރުގައިބައިވެރިވާބައިވެރިންގެ މެދުގައި ވަރަށްބޮޑަށްގުޅުންބަދަހިވެ އޭގެސަބަބުން ރިސޯރޓުގެމަސައްކަތު މާހައުލުގައިވެސް އެތައްލުއިފަސޭހަތަކެއްވެ އަދި އޭގެސަބަބުންނުފިލާފަދަ ހަނދާންތަކެއްއުފެދިގެންދާ ދަތުރުތަކެކެވެ

Donations

Your generous donations are welcome here.

$5.00

Leave a comment

Trending